ENGLISH

19 ޖޫން 2025

Advertisement

ސިއްހީ ދާއިރާގައި އަންހެނުންގެ ލީޑާޝިޕް އިތުރުކުރުމަކީ މުހިއްމުކަމެއް: މެޑަމް ސާޖިދާ

18 ޖޫން 2025

|

ޝާމަ ޝުޢައިބު

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާގައި އަންހެނުންގެ ބައިވެރިކުރުން އިތުރުކޮށް، އެ ދާއިރާގައި އަންހެނުންގެ ލީޑާޝިޕް އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

މިއަދު ދުބާއީގައި ބޭއްވިކް މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ ހަތް ވަނަ އެޑިޝަންގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ މިއަދަކީ މެރކް ފައުންޑޭޝަނުން ހިލޭ ސާބަހަށް މަސައްކަތް ކުރާތާ އަށް އަހަރު ފުރުމާއި، އިޖްތިމާއީ ތަރައްގީގެ އެކިއެކި ޕްރޮގްރާމްތައް ހިންގަމުންދާތާ ޖުމްލަ 13 އަހަރު ފުރުން ފާހަގަކުރާ ދުވަހަށްވާތީ، އެފައުންޑޭޝަނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.

އެކަމަނާ ވަނީ އެ ފައުންޑޭޝަނުން ކުރިއަށް ގެންދާ "މޯރ ދޭން އަ މަދަރ" ކެމްޕެއިންގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެއްސެވިކަމަށްޓަކައި މެރކް ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފަ އެވެ. މެޑަމްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ޑޮކްޓަރުންނަށް ފަރޓިލިޓީ އަދި އެމްބްރިއޮލޮޖީ ދާއިރާއިން ތަމްރީނު ދިނުމަށް ސްކޮލަރޝިޕްތަކެއް ވެސް އެ ފައުންޑޭޝަނުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ވެސް މެރކް ފައުންޑޭޝަނަށް އެކަމަނާ ވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ. މިއީ ރާއްޖޭގައި ފަންނީ މާހިރުން މަދު ދާއިރާއެއް ކަން ވެސް މެޑަމް ސާޖިދާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މެޑަމް ވަނީ ރާއްޖޭގައި ހެޔޮ އަގުގައި އަދި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ދިގު މުއްދަތުގެ ފަންނީ ޕާޓްނަރޝިޕް ދެމެހެއްޓުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ ކެންސަރު ބައްޔަށް ސްކްރީންކުރުމާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ޚިދުމަތްތައް އިތުރުކޮށް، ސިއްހީ ދާއިރާގައި އަންހެނުންގެ ލީޑަރޝިޕް ކުރިއެރުވުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. އޭގެ އިތުރުން މެރކް ފައުންޑޭޝަނާއި ގުޅިގެން ރާއްޖޭގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ އެވެއަރނެސް އިނީޝިއޭޓިވްގެ ދަށުން، ދަރިމައިވުމުގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވާ އިޖްތިމާއީ ކަންތައްތަކާއި، ޖެންޑަރ ބޭސްޑް ވަޔަލެންސް، އަންހެނުން ބާރުވެރިކުރުވުން، ހަކުރުބަލި އަދި ލޭމައްޗަށް ދިއުން ފަދަ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގިފައިވާ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން މެދުވެރިކޮށް ތަންފީޒުކުރަމުންދާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަންހެނުންނަށް އިންސާފު ލިބުން ހަރުދަނާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެހީތެރިވެދޭ ސިޔާސަތުތަކާ ބެހޭ ގޮތުން އެކަމަނާ ވަނީ މައުލޫމާތު ދެއްވާފައެވެ. 

މި ސަމިޓުގައި އެފްރިކާ އަދި އޭޝިއާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވައެވެ. އަދި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައް ވެސް، ސަމިޓުގެ ބައިވެރިން މުރާޖައާ ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު