ENGLISH

19 ޖޫން 2025

Advertisement

ފަރުދީ އަދި އިޤްތިޞާދީ ގޮތުން ވިއެޓްނާމަށް އެއްބާރުލުން ދިނުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް

18 ޖޫން 2025

|

ޝާމަ ޝުޢައިބު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި ވިއެޓްނާމްގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެވޭނެކަން ޔަޤީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އާއި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޤައުމުގެ ސްޓޭޓް ޕްރެޒިޑެންޓް ލުއޮންގް ކުއޮންގް އަށާއި ބޮޑުވަޒީރު ފާމް މިންހް ޗިންހް އަށް، ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ.

ސްޓޭޓް ޕްރެޒިޑެންޓަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ތާރީޚީ މުނާސަބަތުން ވެސް، ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމާއި، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޚާއްސަކޮށް ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާއި، އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެކަން ޔަގީންކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސް ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، އެ ގައުމަށް އިތުރު އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތަކުގައި، ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު