ENGLISH
11 ސެޕްޓެމްބަރު 2025
ސިއްހީ އަދި ތައުލީމީ ދާއިރާގެ އޯޓީއާ ގުޅޭ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި
18 ޖޫން 2025
|
ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް އިތުރު ވަގުތު މަސައްކަތް ކުރަންޖެހޭތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހަޅައިފައިވަނީ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް އެވެ.
އެ ގަރާރު ހުށަހެޅުއްވީ އެ ދެ ދާއިރާގައި މަސައްކަތް ކުރާ މީހުން އިތުުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި އަދުލުވެރި މާހައުލެއް ގާއިމްކުރުމަށް މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތެއް ބެލުމަށެވެ.
އަދި، އިތުރުގަޑީގައި ކުރާ މަސައްކަތަށް އުޖޫރަދޭ އުސޫލު މުރާޖަޢާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމެވެ.
ގަރާރުގައިވާ ގޮތުގައި، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާއި އިތުރު ގަޑީގެ މަސައްކަތް ކުރުވޭނެ އެންމެ މަތީ މިންގަނޑު ކަނޑައެޅިފައި އޮތަސް، މި ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގޮތުން، މި ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ކަމެށެވެ.
މީގެއިތުރުން، ރަސްމީ ގަޑިތަކާއި މަސައްކަތް ކަނޑައެޅިފައިވާ އާއްމު ގަޑިތަކުގެ ބޭރުން ތައުލީމީ ދާއިރާއާއި ސިއްހީދާއިރާގެ މުވައްޒަފުން މަސައްކަތް ކުރަންޖެހުމުން ދާއިރާއަށް މުވައްޒަފުން ހޯދުންވެސް ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.