ENGLISH

18 ޖޫން 2025

Advertisement

އެމްޓީސީސީގެ އަހަރީ ޢާއްމު ޖަލްސާ ބާއްވައި، ޙިއްޞާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފި

18 ޖޫން 2025

|

ޢަލީ ޝަހީމް

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އެމްޓީސީސީގެ އަހަރީ ޢާއްމު ޖަލްސާ. ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ 2024 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ ރޭ ބާސެލޯ ނަސަންދުރާގައި ބާއްވައިފިއެވެ. އެކުންފުނީގެ ޖަލްސާ އޮތީ ބާސެލޯ ނަސަންދުރައިގެ "އަރި" ބޯލްރޫމްގައެވެ. 

އަހަރީ ޢާއްމު ޖަލްސާގައި އެޖެންޑާ ކޮށްފައިވާ އައިޓަމްތަކަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޙިއްޞާދާރުން ޖަލްސާއަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ބައިވެރިވެގެންނެވެ. އެގޮތުން އޮންލައިންކޮށް ބައިވެރިވާން ހުޅުވާލި ފުރުސަތުގައި ވެސް ޙިއްޞާދާރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެ ފުރުސަތު ހުޅުވާލީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށެވެ. 

ޖަލްސާގައި 156 ޙިއްޞާދާރުން ވަނީ ބައިވެރިވެފައެވެ. އެއީ އެ ކުންފުނީގެ 5،587،737 ޙިއްޞާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެއީ ކުންފުނީގެ ރައުސްމާލުގެ 69.52 އިންސައްތަ ޙިއްޞާދާރުންނެވެ. 

މިދިޔަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 (ފަހެއް) ރުފިޔާގެ ޙިއްޞާއަކަށް 2 (ދޭއް) ރުފިޔާ ބެހުމަށް ފާސްކޮށްފައިވެއެވެ. 

އެޖެންޑާގެ އިތުރު އިވެންޓުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި، 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށްފައިވެއެވެ. އަދި، 2025 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުގެ ގޮތުގައި "ޑެލޮއިޓް ޕާޓްނާސް" ކަނޑައަޅާފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު