ENGLISH

18 ޖޫން 2025

Advertisement

ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ، ހާލު ރަނގަޅު

18 ޖޫން 2025

|

އަޙުމަދު ޙަމީދު

ގެއްލިގެން ހޯދަމުން ދިޔަ މީހާ

މާލެ ސިޓީން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖއ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލަ މިއަދު 1:00 ގައި ފުލުހުންނަަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނީ މިރެ އެވެ.

އަދި ބުނީ އެ މީހާ ހޯދަމުން ދަނީ އިއްޔެ ރޭ ގެއިން ނިކުތް ގޮތަށް ޚަބަރެއް ނުވާތީ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމުން ކަމަށް ވެސް ބުންޏެވެ.

އެ އާއިލާ އިން ވެސް އެ މީހާ ގެއްލިގެން ފޮޓޯއާއެކު އެކަން އާންމުކޮށްފައިވެ އެވެ.

ފުލުހުން ބުނީ އަންހެން މީހާ މިރޭ ފެނިފައިވާ ކަމަށެވެ. ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ. ނަމަވެސް އިތުުރު ތަފްސީލެއް ނުދެ އެވެ.

ޒުވާން އަންހެންނާއި އަންހެން ކުދީންގެ ހަބަރެއް ނުވެގެން ގެއްލިގެން ފުލުހަށް ދޭތެރެ ދޭތެރެއިން ރިޕޯޓް ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު