ENGLISH

18 ޖޫން 2025

Advertisement

މާލޭން އަންހެނަކު ގެއްލިގެން ހޯދަނީ

17 ޖޫން 2025

|

އަޙުމަދު ޙަމީދު

ގެއްލިގެން ހޯދަމުންދާ މީހާ

މާލެ ސިޓީން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލަ މިއަދު 1:00 ގައި ފުލުހުންނަަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އަދި ބުނީ އެ މީހާ ހޯދަމުން ދަނީ އިއްޔެ ރޭ ގެއިން ނިކުތް ގޮތަށް ޚަބަރެއް ނުވާތީ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމުން ކަމަށް ވެސް ބުންޏެވެ.

އެ އާއިލާ އިން ވެސް ވަނީ އެ މީހާ ގެއްލިގެން ފޮޓޯއާއެކު އާންމުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު