ENGLISH
21 ޖޫން 2026
ނިމުނު ހަފްތާ ކުއްލި ނުރައްކާތަކުގެ 11 ހާދިސާއެއް ރިޕޯޓްކުރި: އެމްއެންޑީއެފް
21 ޖޫން 2026
|
އަލިފާނުގެ ހާދިސާ ނިންވުމުގައި އެމްއެންޑިއެފްގެ ފަޔަރ ފައިޓާރސް ހަރަކާތްތެރިވަނީ--ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ނިމުނު ހަފްތާގައި ކުއްލި ނުރައްކާތަކުގެ 11 ހާދިސާއެއް ހިގާފައިވާކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އެމްއެންޑީއެފް އިން ހިއްސާކޮށްފައިވާ ޕޯސްޓުގައިވަނީ، މިމަހުގެ 14 އިން ވިއްސަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާ ހާދިސާތަކުގެ ތެރެއިން 11 ހާދިސާއަކަށް ފަޔަރ އެންޑް ރެސްކިއު ސާވިސް، އެފްއާރްއެސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ މިދިޔަ ހަފުތާގައި މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
އެފްއާރްއެސް ތަފާސްހިސާބު:
ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑަށެވެ. މާލެ އޭރިއާ ކޮމާންޑަށް އަށް ހާދިސާ އަދި ސަދަން އޭރިއާ ކޮމާންޑަށް ތިން ހާދިސާއެއް ރިޕޯޓުކޮށްފައިވެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން އަންނަނީ އަލިފާނުގެ ނުރައްކާތަކުންނާއި އެކި ބާވަތުގެ ކާރިސާތަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމަށް 24 ގަޑިއިރު މެދުނުކެޑި މަސައްކަތް ކުރަމުންނެވެ.
ކުއްލި ހާލަތުގައި އެ ހިދުމަތުގެ ހޮޓްލައިން 118އަށް ގުޅުއްވައިގެން ހިދުމަތް ހޯދެއްވުމަށް އެ ހިދުމަތުން އިލްތިމާސް ކޮށްފައިވެއެވެ.