ENGLISH

18 ޖޫން 2025

Advertisement

ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން ނެތް: ރިޔާސީ ކޮމިޝަން ރިޕޯޓް

17 ޖޫން 2025

|

އަޙުމަދު ޙަމީދު

ޔުމްނު -- ފޮޓޯ: އާއިލާ

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ގައި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފި އެވެ.

މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި ތަޙުޤީޤުކުރުމަށް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިހާރު ވަނީ ޢާންމުކޮށްފަ އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ޔުމްނު އަށް ލިބިފައިނުވާ ކަމަށެވެ. އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ކޮމިޝަންގެ ރިޕޯޓްގައި އިތުރަށް ބުނީ ރައުދު އަޙްމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށް ނުފެންނަ ކަމަށެވެ.

މީގެ އިތުރުން އެ ރޭގެ ހިނގި ތަނުގައި ރައުދު އަޙްމަދުގެ އިތުރުން އެހެން މީހަކު އެތަނުގައި ހުރިކަން އެނގެން ނެތުމުން އެކަމުގައި ރައުދު ފިޔަވާ އެހެން މީހެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓް ގައި ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު