ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ނަޝީދުގެ ދަ ޑިމޮކްރެޓްސް އުވާލަނީ، ބޮޑު ޚިޔާލުތަފާތުވުމެއް

17 ޖޫން 2025

|

އަޙުމަދު ޙަމީދު

ދަ ޑިމޮކްރެޓްސްގެ ބައްދަލްވުމެއް -- ފޮޓޯ: އެޑިޝަން

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އެމަނިކުފާނުގެ ވަފާތެރީން އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީން ވަކިވާން ނިންމައިފި އެވެ.

އެ ނިންމުން ނިންމީ މޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގެ މިއަދުގެ ބައްދަލްވުމުގަ އެވެ. އެ ބައްދަލްވުމުގައި ވަނީ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެ ޕާޓީން ވަކިވެ އިދިކޮޅު އެމްޑީޕީއާ ގުޅުމަށް ޤަރާރެއް ފާސްކޮށްފަ އެވެ. އެ ޤަރާރު ފާސްކުރި ނަމަވެސް ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ވަނީ އެ ޤަރާރާ ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ.

ޑިމޮކްރެޓްސް އުފެއްދީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެދުގައި އޮތް ސިޔާސީ ވާދަވެރި ކަމުގަ އެވެ.

އަދި އަލުން އެ ޕާޓީ އުވާލާ އެމްޑީޕީއާ އެ މެންބަރުން ގުޅެން މި ނިންމީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ. އިދިކޮޅު ޕާޓީއެއްގެ ހަޤީޤީ ދައުރު އަދާކުރުމުގެ ބަދަލުގައި އެމްޑީޕީގައި މިހާރު އޮތީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރި ކަމެވެ.

ކުރީގެ ރައީސް ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްއާ އެ ޕާޓީގެ ރައީސް ޝާހިދު ވެސް ގެންދަވަނީ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދު ވެސް އެ ޕާޓީއާ ގުޅުމުގެ ބޭނުމަކީ ރިޔާސީ ޓިކެޓް ހޯއްދެވުމެވެ.

ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޝައުޤުވެރިކަން ފާޅު ކުރައްވާފަ އެވެ.

ހަޤީޤީ އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރުމުގެ ބަދަލުގައި މީގެ ތިން އަހަރު ފަހުން އޮންނަ ރިޔާސީ އިންތިޚާބުގެ ވާދާގައި އެމްޑީޕީގެ ވެރީން މަސައްކަތް ކުރަމުން ގެންދާތީ އެ ޕާޓީގެ މެންބަރުންގެ މެދުގައި ވެސް ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު