ENGLISH

01 ޖުލައި 2025

Advertisement

ރިޔާސީ ކޮމިޝަނުގެ ރިޕޯޓް ވަގުތުން ހާމަކުރަން ރައީސް އަންގަވައިފި

17 ޖޫން 2025

|

ޢަލީ ޝަހީމް

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށާއި އެ މައްސަލައިގައި ތަޙުޤީޤީ އިދާރާތަކުން ކަންކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިންމައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވި ރިޕޯޓް ވަގުތުން ހާމަކުރަން އެމަނިކުފާނު އަންގަވައިފިއެވެ. 

ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ނިންމައި ދެ ހަފްތާއެއްހާ ދުވަސްތެރޭ ރައީސަށް ހުށަހަޅާނެކަމަށް އެ ކޮމިޝަނުން ބުނީ ޖޫން މަހުގެ އެއްވަނަ ދުވަހެވެ. 

ރިޕޯޓް ހާމަކުރުމަށް އެމަނިކުފާނު އެންގެވީ، ރިޔާސީ ކޮމިޝަނުން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓާ ޙަވާލާދެއްވައެވެ. 

އެ ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު އެގޭގައި އުޅުނު ގ. އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޒިލާލު އާ ވެސް އެ ކޮމިޝަނުން ބައްދަލުކޮށްފައިވެއެވެ.

ރިޕޯޓް ނިންމައި ރައީސަށް ހުށަހެޅިއިރު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ކޮމިޝަނާ މަޢުލޫމާތު ޙިއްސާކުރުމަށް ޕޯޓަލެއް ޤާއިމުކޮށް އާއްމުންނަށް މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިއެވެ. އަދި، ކޮމިޝަނުގެ އޮފީހަށް ޒިޔާރަތްކޮށްގެންނާއި ލިޔެކިޔުން މެދުވެރިކޮށް ކޮމިޝަނާ މަޢުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމުވެސް ހަމަޖެއްސިއެވެ. 

އެ މައްސަލަައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، އެ މައްސަލައާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަަފުންނާވެސް އެ ކޮމިޝަނުން ވަނީ ބައްދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު