ENGLISH

01 ޖުލައި 2025

Advertisement

ރިޔާސީ ކޮމިޝަނުގެ ރިޕޯޓް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފި

17 ޖޫން 2025

|

ޢަލީ ޝަހީމް

ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ރައީސް އޮފީސް

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށާއި އެ މައްސަލައިގައި ތަޙުޤީޤީ އިދާރާތަކުން ކަންކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިންމައި، ރިޕޯޓް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. 

ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ނިންމައި ދެ ހަފްތާއެއްހާ ދުވަސްތެރޭ ރައީސަށް ހުށަހަޅާނެކަމަށް އެ ކޮމިޝަނުން ބުނީ ޖޫން މަހުގެ އެއްވަނަ ދުވަހެވެ. 

އެ ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު އެގޭގައި އުޅުނު ގ. އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޒިލާލު އާ ވެސް އެ ކޮމިޝަނުން ބައްދަލުކޮށްފައިވެއެވެ.

ރިޕޯޓް ނިންމައި ރައީސަށް ހުށަހެޅިއިރު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ކޮމިޝަނާ މަޢުލޫމާތު ޙިއްސާކުރުމަށް ޕޯޓަލެއް ޤާއިމުކޮށް އާއްމުންނަށް މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިއެވެ. އަދި، ކޮމިޝަނުގެ އޮފީހަށް ޒިޔާރަތްކޮށްގެންނާއި ލިޔެކިޔުން މެދުވެރިކޮށް ކޮމިޝަނާ މަޢުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމުވެސް ހަމަޖެއްސިއެވެ. 

އެ މައްސަލަައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، އެ މައްސަލައާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަަފުންނާވެސް އެ ކޮމިޝަނުން ވަނީ ބައްދަލުކޮށްފައެވެ.

ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވަނީ، އިންސާފުވެރި ތަޙުޤީޤެއް ހިންގަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އޭނާއަށް ނުވަތަ ކޮމިޝަނަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު