ENGLISH

01 ޖުލައި 2025

Advertisement

ކައުންސިލަރުންނަށް ޚާއްޞަކޮށްގެން ހިންގާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

17 ޖޫން 2025

|

ޢަލީ ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.

ރަށްރަށުގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހިންގާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިއްޔެ އާއްމުކުރި އިއުލާނުގައި ބުނީ، ހުކުރު ކުރުމާއި ޚުތުބާ ކިޔުމުގެ ހުއްދަ ލިބޭ ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޖޫން 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ގޫގަލް ފޯމް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ހުށަހަޅާ ފޯމުތަކަށް ބަލައި އިންޓަވިއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 29 އަދި 30 ވަނަ ދުވަހެވެ. 

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ، ކައުންސިލަރުންނަށް ޚާއްޞަ ޚަތީބުކަމުގެ ކޯހުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. 

ކޯހުގައި ބައިވެރިވެވޭ ޝަރުތުތަކުގެ ތެރޭގައި ފިރިހެން ކައުންސިލަރަކަށް ވުން ހިމެނެއެވެ. ކޯހުގެ މުއްދަކީ 15 ހަފްތާއެވެ. ކިޔެވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށް އިޢުލާނުގައިވެއެވެ. ކިޔެވުން ކުރިއަށްގެންދާނީ ކޮންމެ ހަފްތާއަކު ރަސްމީ ފަސް ދުވަހެވެ. ކިޔެވުން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ރޭގަނޑު 20:30 އިން 22:30 އެވެ. 

އިޢުލާނުގައި ބުނެފައިވަނީ ކޯހަށް ހޮވުމުގައި ބަލާ ދެ މިންގަނޑެއް ހިމެނޭ ކަމަށެވެ. އެއީ ކީރިތި ޤުރުއާން ފަރިތަމަކާއެކު ކިޔަން އެނގުމާއި ދިވެހިބަހާއި އަރަބިބަހުގެ ކިޔުމުގެ ފަރިތަކަމެވެ. 

އިސްލާމިކް މިނިސްޓްރީން އަންނަނީ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ ޕްރޮގްރާމް މިހާތަނަށް ވަނީ 400 އަށްވުރެ ގިނަ ކުދިން ފުރިހަމަކޮށްފައެވެ. 

ޚަތީބުންގެ އިތުރުން ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްވެސް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު