ENGLISH
02 ޖުލައި 2025
ޖީއެސްޓީއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ޤަރާރު ބޭރުކޮށްލައިފި
17 ޖޫން 2025
|
ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް (ޖީއެސްޓީ) ދައްކަންޖެހޭ ގޮތަށް ޤާނޫނު އޮތުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ހުށަހެޅި ޤަރާރު ތަޅުމުން ބޭރުކޮށްލައިފިއެވެ.
މި ޤަރާރު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދެވެ.
ޤަރާރަށް ބަހުސްކުރުމާމެދު ނެގުނު ވޯޓުގައި، ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. އަދި ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ 36 މެންބަރުންނެވެ.
މެމްބަރު ނިއުޝާދު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، "ކުދި ވިޔަފާރިތަކަށް ޓެކްސް ނުދެއްކެނީ އިންވޮއިސްތަކަށް ފައިސާ ނުލިބޭތީ" ކަމަށެވެ. އަދި ޓެކްސް ނުދެއްކި އޮތުމުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތައް އެ ކުންފުނިތަކާ ހަވާލުނުކުރުމަކީ "ޖަރީމާއެއް" ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. މިއާއެކު، މިކަމުގެ ސަބަބުން އިޤްތިޞާދު ހީނަރުވެ، ވަޒީފާ ގެއްލި، ގިނަ ބައެއްގެ ދިރިއުޅުމަށް ދަތިވެދާނެކަމަށްވެސް ގަރާރުގައި އޮތެވެ.
މެމްބަރު ވަނީ މުދާ ނުވަތަ ޚިދުމަތް ވިކޭނެ ވަގުތަކީ ވިއްކާ ފަރާތުގެ ބާރުގެ ދަށުގައިވާ ކަމަކަށް ނުވާއިރު، ވަކި ވަގުތެއްގައި ޓެކްސް ދައްކަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ގަރާރުގައި ހިމަނާފައިއެވެ.
މިހާރު ޢަމަލުކުރަމުންދާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ދައްކަންޖެހޭ ކަމަށެވެ.