ENGLISH
17 ޖޫން 2025
ވީއައިއޭގައި "ޓޯބަރލެސް" ޓްރަކްގެ ޚިދުމަތް ތަޢާރަފުކުރުމަށް ތައްޔާރުވެއްޖެ
17 ޖޫން 2025
|
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން "ޓޯބަރލެސް" ޓްރަކްގެ ޚިދުމަތް ތަޢާރަފުކުރުމަށް ތައްޔާރުވެއްޖެއެވެ.
މި ޚިދުމަތަށް ބޭނުންކުރާނީ ޓީ.ޕީ.އެކްސް-200އެމް.ޓީ.އެކްސް މޮޑެލްގެ ޓްރަކެކެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފެންވަރެއްގައި ފާހަގަކުރެވޭ އަދި އަވަސް ޚިދުމަތެއް ދެވޭނެ ޤާބިލުކަން ލިބިފައިވާ ޓްރަކެކެވެ.
އެމް.އޭ.ސީ.އެލްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޓްރަކް ބޭނުންކުރަން ފެށުމުން އޮޕަރޭޝަނޭޝަނަލް ހަރުދަނާކަން 60 އިންސައްތައަށް އިތުރުވެ، މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ މަސައްކަތްވެސް އަވަސްވެގެންދާނެއެވެ.
މި ޓްރަކްގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި:
މި ބާވަތުގެ ޓްރަކްތައް ދުބާއީ، އަބޫދާބީ، ސިންގަޕޫރު އަދި އިނގިރޭސިވިލާތުގެ ކުރިއަރާފައިވާ އެއަރޕޯޓުތަކުގައި ބޭނުންކުރެވެއެވެ. މި ޚިދުމަތް ތަޢާރަފުކުރުމަކީ ވީ.އައި.އޭގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރަށް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.