ENGLISH

17 ޖޫން 2025

Advertisement

މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި ދޮށީ އުމުރުގެ މީހަކު ހައްޔަރު ކޮށްފި

16 ޖޫން 2025

|

އަޙުމަދު ޙަމީދު

މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދޮށީ އުމުރުގެ މީހާ -- ފޮޓޯ: ފުލުހުންގެ ޚިދުމަތް

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރ. އިނގުރައިދޫ އުމުރުން 62 އަހަރުގެ ދިވެހި ފިިރިހެނަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ / ދަފްތަރު ނަންބަރު 2689، ޢަލީ ޝަރީފް (62އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 14ވަނަ ދުވަހު އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެ އެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މިމައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު