ENGLISH

02 ޖުލައި 2025

Advertisement

ޕީއެންސީގެ ހަރުގެ ޖަލްސާ މިރޭ

16 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޕީއެންސީގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު އިޢުލާނުކޮށްފައިވާ ގޮތުގައި، އެ ޕާޓީގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މި ޖަލްސާ އޮންނާނީ މިރޭ 20:45 ގައި ޕީއެންސީގެ މައި އޮފީސް ކަމުގައިވާ ކޮންގްރެސް ހައުސް (ހ. ވެޔޮވިލާ) ގައެވެ.

ޕީއެންސީއިން ވަނީ މި ޖަލްސާއަށް އެ ޕާޓީގެ އެންމެހައި މެމްބަރުންނާއި ތާއީދުކުރާ ފަރާތްތަކާއި ހެޔޮއެދޭ ފަރާތްތަކަށް ދަޢުވަތު ދީފައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވާނެ ބޭފުޅުންގެ ތެރޭގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް، އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް، މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން މުފީދު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަޖީދު އިބްރާހީމް ހިމެނެއެވެ.

ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ސިޔާސީ ޕާޓީ އެވެ.

ކިޔުންތެރިންގެ ހިޔާލު