ENGLISH
16 ޖޫން 2025
އެމްޑަބްލިއުއެސްސީއިން ގދ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
16 ޖޫން 2025
|
ގދ. ވާދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ޤާއިމުކުރުން. ފޮޓޯ: އެމްޑަބްލިއުއެސްސީ
ގދ. ވާދޫގައި އެމްޑަބްލިއުއެސްސީއިން ފެށި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވާދޫގައި އެ މަސައްކަތް ނިންމާލިކަން އެމްޑަބްލިއުއެސްސީއިން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އެކުންފުނިން ވާދޫގައި މަސައްކަތް ކުރިއަށްގެންދިޔައީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާ ގުޅިގެންނެވެ. މަސައްކަތް ފުރިހަމަކުރުމަށް ފަހު ބުރާސްފަތި ދުވަހު ވަނީ ޓެސްޓުކޮށްފައެވެ.
މަޝްރޫޢުގެ ޖުމްލަ އަގަކީ 60.99 މިލިއަން ރުފިޔާއެވެ. އެމްޑަބްލިއުއެސްސީ އިން ބުނީ، އެ ޕްރޮޖެކްޓުގެ ދަށުން ކުރަންޖެހޭ މުހިއްމު ހުރިހާ މަސައްކަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ؛
އެމްޑަބްލިއުއެސްސީއިން ބުނީ ވާދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ޤާއިމުކުރެވުމާއެކު، އެރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތް ރަނގަޅު ފެންވަރުގައި ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުން އަންނަނީ ކުންފުނިތަކާއި ހަވާލުކޮށްގެން ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެތެރެއިން އެމްޑަބްލިއުއެސްސީއިން ވެސް ރަށްރަށުގައި ގިނަ މަސައްކަތްތަކެއް އެއްފަހަރާ އަންނަނީ ކުރަމުންނެވެ.
އެމްޑަބްލިއުއެސްސީގެ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، އެކުންފުނިން މިހާރު އަންނަނީ ބ. ކުޑަރިކިލާއި ނ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ފެށުމަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓުގެ ތަކެތި މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.