ENGLISH

16 ޖޫން 2025

Advertisement

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު ނެގުން؛ ކޮމެޓީން އެއްވަނަ ޒަމްޢަތަށް

15 ޖޫން 2025

|

އަޙުމަދު ޙަމީދު

ކޮމެޓީން އެންމެ މަތީން މާކުސް ލިބުނު ދެ ބޭފުޅުން --

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު ހަމަޖެއްސުމަށް އެކަމަށް އެދި ކުރިމަތިލީ ބޭފުޅުންނާއި އިންޓަވިއުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ގޮތް ނިންމައިފި އެވެ.

އެ ކޮމެޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންޓަވިއު ކުރުން ކުރިއަށް ގެންގޮސްފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެެންބަރު ކަމަށް ހުޅުވާލުމުން މި ފަހަރު ކުުރިމަތިލެއްވި ފަސް ބޭފުޅުންނާއި އެ ދުވަހު އިންޓަވިއު ކޮށްފައިވެ އެވެ.

ކޮމެޓީން ވަނީ އެ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ކަމަށް ކަނޑައެޅުނު ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ. ކޮމެޓީން ކުރި އިންޓަވިއުން 75 އިންސައްތައިން މަތީ މާކުސް ލިބިގެން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ ޒަމްޢަތު އަހްމަދު ވަހީދާއި ޒީނާ ޒާހިރުގެ އިތުރުން ޝިމްލާ އަހްމަދެވެ.

ޒަމްޢަތަށް 89.29 މާކުސް ލިބިފައިވާއިރު ޒީނާއަށް ލިބިފައި ވަނީ 84.57 މާކުސް އެވެ. އަދި ޝިމްލާއަށް 76.86 މާކުސް ލިބިފައިވެ އެވެ.

ދެން ކުރިމަތިލީ އަލީ ޔޫސުފް އާއި އަހްމަދު އަޝްރަފަށް އެވަރަށް މާކުސް ނުލިބޭތީ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައެއް ނުވެ އެވެ.

މާދަމާ އޮންނަ ޖަލްސާގައި މި ނަަންތަކާމެދު ގޮތް ނިންމާނެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރު އައިމިނަތު އަމީނާގެ ދައުރު މިއަދަށް ހަމަވާތީ އެވެ.,

ކިޔުންތެރިންގެ ހިޔާލު