ENGLISH

16 ޖޫން 2025

Advertisement

ސައިކަލަކާއި ފޯނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

15 ޖޫން 2025

|

އަޙުމަދު ޙަމީދު

ސައިކަލަކާއި ފޯނުތަކެއް ވަގަށް ނެގި މީހާ -- ފޮޓޯ: ޕޮލިސް

ވަގަށް ނަގާފައިވާ ސައިކަލަކާއި ސާމާނުތަކަކާ އެކު މީހަކު ހައްޔަރު ކޮށްފި އެވެ. 

މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އ) އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި އޭނާ އެވަގުތު އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައިހުރުމުން އިތުރަށް މަޢުލޫމާތު ސާފުކުރުމުން އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަން އެނގުމާ ގުޅިގެން ނެވެ.

އަދި އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ އަތުން ފެނުނު މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން އެނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.  

ކިޔުންތެރިންގެ ހިޔާލު