ENGLISH
02 ޖުލައި 2025
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭ ރަށްރަށުގައި ގަސް އިންދުމުގެ ޕްރޮގުރާމެއް ފަށައިފި
15 ޖޫން 2025
|
ރަށެއްގައި ގަސް އިންދުމަށް ސްޓެލްްކޯ މުވައްޒަފުން ހަރަކާތްތެރިވަނީ، ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތްތައް ފަށައިފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން ކުރިއަށްގެންދާ ގަސްއިންދުމުގެ ހަރަކާތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ.
ސްޓެލްކޯއިންވަަނީ އެ ޕްރޮގުރާމުގެ ތެރެއިން 500،000 ގަސް އިންދުމަށް މަސައްކަތްކުރާނެކަން އިއުލާނުކޮށްފައެވެ. އަދި އެ އަމާޒަށް ވާސިލުވުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފަހުމީ ވިދާޅުވެފައިވަނީ ސްޓެލްކޯއިން އަމާޒު ހިފާފައިވާ ގޮތަށް 500،000 ގަސް މި ދައުރުގެ ތެރޭގައި އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދާނެއެވެ. އަދި މިއަދު ފެށި ޕްރޮގުރާމަކީ އެ އަމާޒަށް ވާސިލުވުމަށް އެ ކުންފުނިން ކުރާ މަސައްކަތެއްކަމަށްވެސް ވިދާޅުވިއެވެ.
ފަސް މިލިއަން ގަސް ޕްރޮގުރާމަކީ ފާއިތުވި 2024 ވަނަ އަހަރު ކޮޕް ސަމިޓުގައި ރައީސް އިއުލާނުކުރެއްވި ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގެ ދަށުން ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން މިހާތަނަށް 565،890 ގަސް އިންދާފައިވެއެވެ.