ENGLISH
02 ޖުލައި 2025
އުމުރުން 60 އަހަރު؛ ހައްޔަރުކުރީ ޑްރަގާއެކު
15 ޖޫން 2025
|
މަސްތުވާތަކެއްޗާއެކު ހައްޔަަރުކުރި އަހްމަދު އަފީފު، ފޮޓޯ: ފުލުހުން
އުމުރުން 60 އަހަރުގެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ހިދުމަތުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މި މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭގެ 10 ނަންބަރު ފުލެޓު ކައިރިން ހައްޔަރުކުރީ މީހަކީ ހ.މެޑޯސްވީޓް އަހްމަދު އަފީފެވެ.
އޭނާ ހައްޔަރުކުރީ އެ ވަގުތު އޭނާގެ އަމުއްލަތައް ހުރި ގޮތުން ޝައްކުވެގެން މަޑުކުރުމަށް ފުލުހުން އެންގުމުން ޖީބުގައި ހުރި އެއްޗެހިތަކެއް އުކައިލުމަށްފަހު ދުވެ ފިލަން އުޅުމުންނެވެ.
ފުލުހުން ބުނި ގޮތުގައި ދުވެ ފިލަން އުޅުމުގެ ކުރިން އޭނާ ހުރި ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމުގައި ޝައްކުކުރެވޭ އެއްޗެހިތަކެއް އަޅާފައި ހުރި ރަބަރު ފަސް ޕެކެޓު ފެނިފައިވެއެވެ. އެހެންނަމަވެސް އެ ރަބަރު ޕެކެޓުތަކުގައި ހުރީ މަސްތުވާތަކެތީގެ ކޯއްޗެއްކަން އަދި އޭގެ ބަރުދަނަކީ ކޮބައިކަން ފުލުހުން ހާމަނުކުރެއެވެ.
ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެއެވެ. ކޯޓުންވަނީ އޭނާ ދިހަ ދުވަހުގެ މުހުލަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ހިއްސާނުކުރެއެވެ.