ENGLISH

02 ޖުލައި 2025

Advertisement

މ. ރަތްމަންދޫ ކައުންސިލްގެ އާ ކައުންސިލް އިމާރާތުގެ މަސައްކަތް ނިމިއްޖެ

15 ޖޫން 2025

|

ހަސަން އާމިރު

މ. ރަތްމަންދޫ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއަކީ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން، މ. ރަތްމަންދޫ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ 4.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތުރީ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމާލެވިފައިވަނީ 22 މާރިޗު 2025 ގައެވެ.

މި އިމާރާތުގެ ކުރެހުމާއި ޑިޒައިން ކުރެވިފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ލިބޭ ފަދަ ގޮތަކަށެވެ. މިގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް ވަކިވަކި ކެބިން ހާއްސަ ކުރެވިފައިވެއެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހާއްސަ މާލަމަކާއި، ސްޓޯރ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ އިތުރުން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ހާއްސަ ފާހާނާ މި އިމާރާތުގައި ހިމެނިފައިވާނެއެވެ.

މ. ރަތްމަންދޫ ކައުންސިލް އިދާރާގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި ވަސީލަތްތައް މަދު އިމާރާތެކެވެ. އައު ކައުންސިލް އިދާރާއާއެކު ކުރިން ދިމާވި ދަތިތަކަށް އެދެވޭ ހައްލު ލިބި، ރައްޔިތުންނާއި ގާތުން މިހާރަށްވުރެ ވެސް ފުރިހަމައަށް ހިދުމަތް ދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު