ENGLISH
02 ޖުލައި 2025
މޫސުން އަލިވާނީ އަންގާރައިން ފެށިގެން، ވައި މަޑުވާނެ ކަމަށް ބެލެވެނީ ބުދައިގެ ފަހުން: މެޓް
15 ޖޫން 2025
|
މާލެއަށް ބޯކޮށް ވާރޭވެހެނީ - ފޮޓޯ؛ އެޑިޝަން އެމްވީ
މި ދުވަސްވަރަކީ ރާއްޖެއަަށް ހުޅަަނގު މޫސުމުގެ ކޮޅިގަނޑު ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށާ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރަ އަލިވާނީ އަންގާރަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެމްއެމްޓީވީ އަށް މައުލޫމާތު ދެމުން އެ އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ނަމަވެސް އަންގާރަ ދުވަހުގެ މެންދުރު ފަހުން މެދުރާއްޖެތެރޭގެ އަތޮޅުތަކާ ދެކުނަށް ވިއްސާރަ އަލިވެ، ވައި މަޑުވާނެ ކަމަށް ވެސް މެޓުން ބުންޏެވެ. ނަމަވެސް ވައިޖެހުން ޖުމްލަކޮށް މަޑުވާނީ ބުދައިގެ ފަހުން ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ. ބުދައިގެ ފަހުން ޖުމްލަކޮށް މޫސުން ރަނގަޅު ވީ ނަމަވެސް ރާއްޖެ ސަރަހައްދުގައި ވިލާތައް އުޅޭނެ ކަމަށާ އެހެން ކަމުން ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ މި ދުވަސްވަރު ކަނޑުތައް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މޫސުން ގޯސްވާަނެ ކަމުގައި ބެލެވޭތީ ދަތުރުވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ. އަދި ބޯ ވިއްސާރައާއި އުދައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ.
މޭ މަހުގައި މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނުއިރު ގިނަ އަހަރުތަކުގައި ހުޅަނގު މޫސުމުގެ ކޮޅިގަނޑު އެންމެ ބޮޑަށް ލައްވައިލަނީ ޖޫން މަހާއި ޖުލައި މަހުއެވެ.