ENGLISH

02 ޖުލައި 2025

Advertisement

މޫސުން ގޯސްވެ، ކުޅުދުއްފުއްޓަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ މާލެއަށް

15 ޖޫން 2025

|

ޢަލީ ޝަހީމް

މިއަދު ހެނދުނު މާލެ އިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއް، މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ. 

އޭވިއޭޓާސް މޯލްޑިވްސްއިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، ކުޅުދުއްފުށްޓަށް ދަތުރުކުރި މޯލްޑިވިއަން ފްލައިޓް Q2442 ކަމަށެވެ. އެ ބޯޓު ކުޅުދުއްފުއްޓަށް ފުރީ ހެނދުނު 8:34 ގަ އެވެ. ފްލައިޓް ކުޅުދުއްފުށީ އެއަރޕޯޓަށް ޖައްސަން އޮތީ ހެނދުނު 9:20 ގަ އެވެ. އެހެންނަމަވެސް، މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ފްލައިޓް ޖެއްސޭ ގޮތެއް ނުވިއެވެ. 

ފްލައިޓް ނުޖެއްސި ގިނައިރު ވައިގެތެރޭގައި އުދުހުމަށްފަހު، އެ ފްލައިޓް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޑައިވާޓްކޮށްފައެވެ. ކުޅުދުއްފުއްޓަށް ފުރި އެ ފްލައިޓް މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާއިރު، ބޯޓަށް ނުވަތަ މީހަކަށް ވެސް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. 

މިދުވަސްވަރަކީ ރާއްޖޭގެ އުތުރަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ވަނީ އުތުރުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފަ އެވެ. އެގޮތުން މިއަދު 11:45 އިން 16:00 އާ ހަމައަށް ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށެވެ. 

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގުގުރައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު