ENGLISH
15 ޖޫން 2025
މަތީ ތައުލީމާއި ތަމްރީނާ ގުޅޭ އިންޓަރނޭޝަނަލް އެކްސްޕޯ ފަށައިގެން ކުރިއަށް
14 ޖޫން 2025
|
އިއްޔެ ފެށި އެކްސޯ. މަތީ ތައުލީމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފަ. ފޮޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
މަތީ ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ އިއްޔެ ފަށައިފި އެވެ.
އިއްޔެ ހަވީރު މި އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި އެކްސްޕޯ ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ.
އެކްސްޕޯ ބާއްވަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ފަރާތުންނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 40 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެކްސްޕޯގައި ވަނީ ތައުލީމާއި ވެލްނަސްގެ ދާއިރާއިން 100 އަށް ވުރެ ގިނަ ފުރުސަތުތައް ހުޅުވާލާފައެވެ.
ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން އެކްސްޕޯގައި ބައިވެރިވެއެވެ. އަދި، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، މެލޭޝިއާ، ސްރީ ލަންކާ، ފިލިޕީންސް އަދި އިންޑިއާގެ ޔުނިވަރސިޓީތަކުން ވެސް އެކްސްޕޯގައި ބައިވެރިވެއެވެ.
އެކްސްޕޯގައި ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާއިން ކޯސްތަކުގެ އިތުރުން މެޑިކަލް ދާއިރާއިން ގިނަ ކޯސްތަކެއް ހިމެނެއެވެ. އެކްސްޕޯގައި ހުޅުވާލާފައިވާ ފުރުސަތުތަކާއެކު ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ.
ސެންޓްރަލް ޕާކުގައި އެކްސްޕޯ ހުޅުވާފައި ހުންނާނީ ހަވީރު 3 އިން ރޭގަނޑު 10 އަށެވެ.