ENGLISH
02 ޖުލައި 2025
މޭޑޭގެ ރެލީގައި ބުހުތާނު ދޮގު ހެދި އިމްރާން، ބަޔަކު ޑރ. މަޖީދު ޝަހީދުކޮށްލީ ކަމަށް ތުހުމަތު ކޮށްފި
14 ޖޫން 2025
|
އިމްރާން މޭޑޭގައި ވާހަކަ ދައްކަނީ
ކުރީގެ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި މޭޑޭގެ ބޮޑު ރެލީގައި އެތައް ހާސް ދިވެހި ރައްޔިތުންގެ ކުރިމަތީ ބުހުތާނު ދޮގު ހެދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން، ބަޔަކު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ ޝަހީދުކޮށްލީ ކަމަށް ތުހުމަތު ކޮށް ޕޯސްޓެއް ކޮށްފި އެވެ.
މަޤާމު ގެއްލުމުން ބެންކޮކަށް ދިރިއުޅުން ބަދަލުކޮށް އެތަނުގައި މިހާރު ވިޔަފާރި ވެސް ކުރަމުންދާ އިމްރާން މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ޑރ. ޢަބްދުލްމަޖީދުގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެ ކަމަށެވެ.
”އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ،” އެއްވެސް ތަފްސީލެއް ނެތި އިމްރާން ކޮށްފައިވާ ޕޯސްޓްގައިވެ އެވެ.
އޭނާގެ އެހެން ޕޯސްޓްތަކެކޭ އެއްގޮތަށް އެ ޕޯސްޓަށް ވެސް ވަނީ ކޮމެންޓް ނުކުރެވޭ ގޮތް ހަދާފަ އެވެ.
އިމްރާންގެ މި ވާހަކަތަކާއި ގުޅިގެން އެތައް ބަޔަކު ދަނީ އޭނާއަށް އެކި ސުވާލުތައް އަމާޒު ކުރަމުންނެވެ. ގިނަ ބަޔަކު ކުރާ އެއް ސުވާލަކީ އެއީ މޭޑޭގެ ބޮޑު އެއްވުމުގައި އޭނާ ދެއްކިފަދަ ބުހުތާނު ދޮގެއްތޯ އެވެ. މޭޑޭގެ އެއްވުމުގައި އިމްރާން ވަނީ ޑރ. އަފްރާޝީމް އަވަހާރަވިކޮށްލި މީހުން އެނގޭ ކަމަށާ އެކަމުގެ ސާފު ހެކި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި ހެކި މި ހުރީ ކަމަށް ވިދާޅުވެ ގަނޑުތަކެއް ދެއްކި އެވެ.
ފަހުން ބެލިއިރު އެއީ ނޫހެއްގައި ލިޔެފައިހުރި ޑރ. އަފްރަޝީމްއާ ގުޅޭ ޚަބަރުތަކެއްގެ ޕޮޓޯކޮޕީތަކެކެވެ. އެ ވާހަކަތައް ދެއްކިތާ ދެތީން އަހަރު ފަހުން އިމްރާނަށް ހޯމް މިނިސްޓަރުކަން ލިބުނެވެ. އަދި ކުރީން ދެއްކި ވާހަކަތަކާއިމެދު ސުވާލު ކުރުމުން މުޅީން ރާގު ބަދަލު ކުރި އެވެ.
ހޯމް މިނިސްޓަރުގެ ފަސް އަހަރުގެ ދައުރު ނިންމާލީ އެ ވާހަކަތަކުން ސަލާމަތްނުވެވި އެކި ފަހަރު އެކި ވާހަަކަތައް ދައްކައިގެންނެވެ. އަފްރަޝީމް އަވަހާރަކޮށްލި މައްސަލައަށް އިންސާފެއް ނުލިބި އެވެ.
އިމްރާން ފާހަގަ ކުރެވެނީ އޭނާ ދެކޮޅުވާ ކޮންމެ ސިޔާސީ ލީޑަރަކަށް ނިސްބަތްކޮށް އެއްވެސް ޖެހިލުމެއް ނެތި އެ ބޭފުޅަކަށް އަމާޒުކޮށް ބުހުތާނު ދޮގު ވާހަކަތައް ދައްކާ ތުހުމަތު ކުރާ މީހެއްގެ ގޮތުގަ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަމާޒުކޮށް ވެސް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެކި ތުހުމަތުތައް ކުރައްވާ ވަރަށް ގިނަ ދޮގު ވާހަކަތައް ދެއްކެވި އެވެ.