ENGLISH

02 ޖުލައި 2025

Advertisement

މިނިސްޓަރ ޠާރިޤު އިބްރާހީމް، އ.ދ.ގެ ގާނޫނީ ކަންކަމާބެހޭ އިސްވެރިޔާއާ ބައްދަލުކުރައްވައިފި

14 ޖޫން 2025

|

ހަސަން އާމިރު

އ.ދ.ގެ ޤާނޫނީ ކަންކަމާ ބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި ލީގަލް ކައުންސެލް އެލިނޯ ހަމަރޝޯލްޑްއާ، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އޯޝަން އެފެއާޒް އަދި ލޯ އޮފް ދަ ސީގެ ޑިވިޝަންގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޑިވިޝަނުން މިހާރު ދަނީ ބީބީއެންޖޭ އެއްބަސްވުމުގެ ވަގުތީ ސެކްރެޓޭރިއެޓްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ބީބީއެންޖޭ އެއްބަސްވުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަމާއި، ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކަށް ލިބެންހުރި ޤާބިލުކަން އިތުރުކުރުމުގެ ފުރުޞަތުތަކާ ބެހޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ ޤައުމަކަށް ވުމާއެކު، ބީބީއެންޖޭ އެއްބަސްވުން ތަންފީޒުކުރުމަކީ ރާއްޖެ އަށް ވަރަށް މުހިންމު ކަމެކެވެ. އަދި މިކަމުގައި އ.ދ.ގެ އެހީތެރިކަން ލިބުމަކީ އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވިއެވެ.

ބީބީއެންޖޭ އެއްބަސްވުމަކީ ޤައުމީ އިޚްތިޞާޞްގެ ބޭރުގައިވާ ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނިވި ބޭނުންކުރުމާއި ޙިމާޔަތްކުރުމާ ގުޅޭ ބައިނަލްއަޤްވާމީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، އޭގެ މަންފާ ހަމަހަމަކަމާއެކު ބެހިގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު