ENGLISH

02 ޖުލައި 2025

Advertisement

އައިޖީއެމްއެޗާއި ހުޅުމާލޭގައި ހައްޖުވެރިންނަށް ހާއްސަ ކްލިނިކްތަކެއް

14 ޖޫން 2025

|

އުމްނާ އިސްމާޢީލް

ވެލާނާ އިންޓަނޭޝަނަލްް އެއާޕޯޓުގައި ހައްޖުވެރިން ހަރަކާތްތެރިވަނީ، ފޮޓޯ: ހަތާވީސް

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރި ދިވެހި ހައްޖުވެރިންނަށް ޚާއްސަކޮށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ހުޅުމާލޭ ހޮސްޕިޓަލްގައި ފްލޫ ކްލިނިކްތަކެއް ހުޅުވައިފި އެވެ.

މިއަހަރު 1،000 އަށްވުރެ ގިނަ މީހުން ހައްޖަށް ގޮސްފައިވާއިރު ހައްޖުވެރިން ވަނީ އިއްޔެ ރާއްޖެއަށް އެނބުރި އަންނަން ފަށާފަ އެވެ. ހައްޖުވެރިން އަނބުރާ އަންނަ ދުވަސްވަރު ރޯގާ ފަދަ ބަލިތައް އިތުރުވުމަކީ އާއްމުކަމެކެވެ.

ހައްޖުގެ އަޅުކަމުން އެނބުރި އައުމަށްފަހުން ހުން އައުން، ނުވަތަ ރޯގާގެ އެހެނިގެން އަލާމާތްތައް ފާހަގަކުރެވިއްޖެ ނަމަ، އަވަހަށް ކްލިނިކަކަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ. އައިޖީއެމްއެޗް ގެ ފްލޫ ކްލިނިކް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އ ހުޅުވާފައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ. އެ ކްލިނިކް ގާއިމުކޮށްފައިވަނީ އައިޖީއެމްއެޗްގެ ބަލި މީހުން ބަލާ ކޮޓަރި ނަމްބަރު 10 ގަ އެވެ.

ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތައް ފުރަތަމަ ދާންޖެހޭނީ އީއާރު ޓްރައޭޖް ކައުންޓަރަކަށް ކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނެފައިވަނީ، ކިއުބީ ޓޯކެން ސިސްޓަމް އިން ފްލޫ ކްލިނިކަށް ޓޯކެން ނެގުމުން ކްލިނިކަށް ނުވަތަ އިމާޖެންސީ ރޫމަށް ދިއުމަށް އިރުޝާދު ދޭނެ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ފަހު 14:00 އިން ރޭގަނޑު 20:0އަށް ހުޅުވާފައިވާ ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. ކްލިނިކް ގާއިމުކޮށްފައިވަނީ އެ ހޮސްޕިޓަކުގެ މައި ކައުންޓަރު ހުންނަ ސަރަހައްދުގަ އެވެ.  

 ޑޮކްޓަރަށް ދައްކަން އަންނައިރު މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.  

ކިޔުންތެރިންގެ ހިޔާލު