ENGLISH
02 ޖުލައި 2025
"ކަޅުއޮށްފުންމި ފަށަން" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފި
14 ޖޫން 2025
|
ދިވެހި ގައުމިއްޔަތުގެ އިސްވާރުންގެ ފަރާތުން ރާވާ އިންތިޒާމް ކުރާ ތަމްރީންވެރިން، ތަމްރީން ކުރުމުގެ ޕްރޮގްރާމް "ކަޅުއޮށްފުންމި ފަށަން" ސިލްސިލާ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ޕްރޮގްރާމް ފެށުމަށްޓަކައި އިސްވަރު އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމެވެ. ވަޒީރުގެ އަރިހުގައި ދިވެހި ގައުމިއްޔަތުގެ އިސްވާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ، ދިވެހި ގައުމިއްޔަތުގެ ބަހާތަކުގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު ދަސްކޮށްދީ އެ މައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މީހުން ތަމްރީން ކުރުމުގެ ފުރަތަމަ ބުރު ކަމަށެވެ. އެގޮތުން ފުރަތަމަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
ފަށަން ޕްރޮގްރާމްގައި ތަމްރީނުވެރިން، ތަމްރީން ކުރާނީ ދިވެހި ޤައުމިއްޔަތުގެ އިސްވާރުންނެވެ. ތަމްރީން ދެވޭ ދާއިރާތަކަކީ ދިވެހިބަހުގެ ދާއިރާ، ދިވެހި ތާރީޚުގެ ދާއިރާ، ދިވެހި ފަންނުގެ ދާއިރާ، އަދި ދިވެހި ޖިއޮގުރަފީއާއި، ދިވެހި ސުމޭކުގެ ދާއިރާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ދިވެހިވަންތަކަމުގެ ކޮންމެ ބަހާއެއް އޮތީ މުހިންމު ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ހާލަތެއްގައި ކަމަށާއި ރައީސުލްޖުމްރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ދާއިރާގެ އިސްލާހާއި ތަރައްގީއަށް ބޮޑު އިސްކަމެއް ދެއްވަނީ ދިވެހީންގެ ދެމި ތިބުމާއި މިދާއިރާގެ ދެމިއޮތުން ގުޅިފައިވާލެއް ބޮޑުކަމުން ކަމަށެވެ. އަދި އެ ޕްރޮގްރާމުން ދިވެހިވަންތަކަމުގެ ރޮނގުތަކަށް ފަންނުވެރި، އިސްވެ ހަރަކާތްތެރި ވާނޭ އެތައް ޒުވާނުންނެއް ބިނާކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަން ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.