ENGLISH

02 ޖުލައި 2025

Advertisement

މެނިންގޯކަލް ބަލީގެ އަދާހަމަ؛ ކޮންޓެކްޓް ޓެރޭސިން ނިމިއްޖެ، އިތުރު ކޭސްއެއް ނުފެނޭ

14 ޖޫން 2025

|

ޝިފްޒާން އަޙްމަދު

މެނިންގޯކޮކަލް ބަލި ޖެހުމުން ނަގާ ބިހިތައް

ރާއްޖެއިން އިންވޭސިވް މެނިންގޯކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން އެޗްޕީއޭއިން ފެށި ކޮންޓްރެކްޓް ޓްރޭސިން މަސައްކަތް ނިންމައިފިއެވެ. 

މިބަލީގެ ކޭސްއެއް ރާއްޖެއިން ފެނުނުކަން އެޗްޕީއޭއިން ހާމަކުރީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހު އެ އިދާރާއިން ބުނެފައިވަނީ އެ ބަލީގެ ކޭސްއެއް ފެނުމާއި ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގ ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ، ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ. ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ. 

އެޗްޕީއޭއިން މިއަދުވަނީ އެއިރު ފެށި މަސައްކަތުގެ އަދާހަމަ މައުލޫމާތު މީޑިޔާއާ ހިއްސާކޮށްފައެވެ. އެ އިދާރާއިން ބުނީ ބަލި ޖެހުނު މީހާއާ ދިމާވި އެންމެން ދެނެގަނެ، އެމީހުން ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

އަދި އެ މަސައްކަތުން ދެނެގަނެވުނު އެއްވެސް ކޮންޓެކްޓެއް ނުވަތަ ބައްޔަށް ޕޮޒިޓިވްވި މީހާއާ ދިމާވި އެއްވެސް މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ. އަދި މިހާތަަނަށް އެ ބަލީގެ އައު ކޭސްއެއް ފާހަގަވެ، ރިޕޯޓުކުރެވިފައި ނެތްކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު