ENGLISH
07 ޖޫން 2025
ފްރެންޗް އޯޕަން: ޖޮކޮވިޗް ކަޓުވާލައި، ސިނާ ފައިނަލަށް
07 ޖޫން 2025
|
މުބާރާތުގެ ސެމީގައި ޖޮކޮވިޗް ބަލިކުރުމަށްފަހު ސިނާ އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ކުރީގެ އެއްވަނަ ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށް، ޔަނިކް ސިނާ އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ އެއްވަނަ ސީޑް، ސިނާ މި ވަނީ، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް 25 ވަނަ ފަހަރަށް ކާމިޔާބުކޮށް، ރެކޯޑެއް ޤާއިމުކުރަން އަމާޒުހިފައިގެން ނުކުތް ޖޮކޮވިޗްގެ އުއްމީދުތައް ނިމުމަކަށް ގެނެސްފައެވެ.
ޕެރިހުގެ ފިލިޕް-ޝެޓްރިއޭ ކޯޓުގައި ރޭ ކުޅުނު މެޗުން ސިނާ މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް ސިނާ ގެންދިޔައީ 6-4، 7-5، އަދި 7-6 (7-3) އިންނެވެ.
މިއީ ޑޯޕިންގ މައްސަލައަކާ ގުޅިގެން ތިން މަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު ކުޅުމަށް އެނބުރިއައިސް ސިނާ ކުޅުނު ދެވަނަ މުބާރާތެވެ.
މި މުބާރާތުގެ ފައިނަލުގައި މާދަމާ ސިނާ ނުކުންނާނީ ކާލޯސް އަލްކަރާޒްއާ ދެކޮޅަށެވެ.