ENGLISH
07 ޖޫން 2025
ފުލުހުންގެ ޓްރެފިކް އޮޕަރޭޝަނަށް އާންމުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފި
06 ޖޫން 2025
|
ފުލުހުން މަގުމަތި ބަލަހައްޓަނީ -- ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނަށް އާންމުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފި އެވެ.
ފުލުހުން މިއަދު ހަވީރު ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީ ޢީދު ދުވަހާއި ގުޅިގެން ފައިމަގުގައި ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުމުންނެވެ.
އެއީ ހަވީރު ހަތަރަކުން ހަޔަކަށެވެ.
އެ ވަގުތުތަކުގައި ފުލުހުން ވަނީ އެކަން ތަންފީޒު ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް އާންމުންނަށް ފަސޭހައަކަަށް މަގުތައް ބަލަހައްޓާފަ އެވެ.
ފުލުހުން ވަނީ މިއަދު ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނަށް ޢާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
މިވަގުތުތަކުގައި ވަރަށް ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ އުފާވެރި ވަގުތުތަކެއް ހޭދަކޮށްފަ އެވެ.