ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

އުޒްބެކިސްތާނާއި އުރުދުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

06 ޖޫން 2025

|

މުޙައްމަދު އަދުހަމް

ވޯލްޑް ކަޕް ކޮލިފައިންގައި އުޒްބެކިސްތާނާ ޔޫއޭއީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ދެހާސް ސައްބީސް ވަނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ އޭޝިއާ ބައްރުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކަށްފަހު އުޒްބެކިސްތާނާއި އުރުދުން ކޮލިފައިވެއްޖެއެވެ.

މިއީ މި ދެ ޤައުމުން ވެސް ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އަންނަ އަހަރު އުތުރު އެމެރިކާ ބައްރުގައި 48 ޓީމާއެކު ބާއްވާ މުބާރާތުން އުޒްބެކިސްތާން ޖާގަ ހޯދީ ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ 0-0 އިން އެއްވަރުވެ، އެ ގްރޫޕުގެ ދެވަނަ މަގާމު ކަށަވަރުކުރުމުންނެވެ.

ކޮލިފައިންގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ގްރޫޕް ބީގައި ހިމެނޭ ދެކުނު ކޮރެއާ ވަނީ ރަށުން ބޭރުގައި 2-0 އިން އިރާޤު ބަލިކޮށް، 11 ވަނަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުޞަތު ހޯދައިފައެވެ. މި މެޗުގައި ކޮރެއާގެ ލަނޑުތައް ޖަހައިދިނީ ކިމް ޖިން-ގިޔޫ އާއި އޯ ހިޔޫން-ގިޔޫ އެވެ.

މި ގްރޫޕުގައި ދެން ހިމެނުނު އުރުދުން ކުޅުނު މެޗުގައި 3-0 އިން އޮމާން ބަލިކުރުމާއެކު، އެ ޓީމު ވެސް ވަނީ ވޯލްޑް ކަޕުން ޖާގަ ހޯދާފައެވެ. އެ ޓީމުގެ ތިން ލަނޑުވެސް ޖަހައިދިނީ އަލީ އޮލްވާން އެވެ.

އޭޝިއާގެ ކޮލިފައިންގެ ގްރޫޕް ސީގައި ހިމެނޭ އޮސްޓްރޭލިއާ އިން ވަނީ 1-0 އިން ޖަޕާން ބަލިކޮށް، ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފައެވެ.

ގްރޫޕް ސީގައި ދެން ހިމެނޭ ސަޢޫދީ ޢަރަބިއްޔާ ވަނީ ބަހްރެއިން 2-0 އިން ބަލިކޮށް، ކޮލިފައިވުމުގެ އުއްމީދު އާކޮށްފައެވެ. މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި އޮޓޮމެޓިކް ޖާގަ ލިބޭނެ ޓީމެއް ކަށަވަރުވެގެންދާނީ، ޖިއްދާގައި އޮސްޓްރޭލިއާއާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާ ކުޅޭ މެޗަށްފަހު އެވެ. އެ މެޗުން ހަތަރު ލަނޑަށްވުރެ ތަފާތު ބޮޑުނޫން ނަތީޖާއަކުން ސަޢޫދީ އަތުން ބަލިވިޔަސް އޮސްޓްރޭލިއާ ކޮލިފައިވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު