ENGLISH
07 ޖޫން 2025
މި އަހަރު ޙައްޖުގެ އަޅުކަން 1.6 މިލިއަން މީހުން އަދާކޮށްފި
05 ޖޫން 2025
|
ހައްޖުވެރީން
މި އަހަރު ޙައްޖުގެ އަޅުކަން 1.6 މިލިއަން މީހުން އަދާކޮށްފައިވާ ކަމަށް ސައުދީ ސަަރުކާރުން ބުނެފި އެވެ.
ޙައްޖުގެ އެންމެ މުހިންމު އަޅުކަން މިއަދު ވަނީ ނިމިފަ އެވެ. އެއީ އަރަފާތު ބިމުގައި ތިބުމެވެ. ސައުދީގެ ކަމާބެހޭ އިދާރާތަކުން ބުނީ މި އަހަރު ޙައްޖުގެ އަޅުކަން 1,673,230 މީހުން އަދާކޮށްފައިވާ ކަމަށެވެ.
އެއީ 171 ޤައުމަކުން ޙައްޖުގެ އަޅުކަމަށް އައި 1,506,576 މީހުންނާއި ސައުދީން ޙައްޖުގެ އަޅުކަމުގައި ބައިވެރިވި 166,654 މީހުންނެވެ އޭގެ ތެރޭގައި ހިމެނެނީ 877,841 ފިރިހެނުންނާއި 795,389 އަންހެނުންނެވެ.
މި މީހުންގެ ތެރެއިން 1,435,017 މީހުން ސައުދީއަށް އެތެރެވީ ވައިގެ މަގުންނެވެ. 66,465 މީހުން އެއްގަމު މަގުންނެވެ. އަދި 5,094 މީހުން ކަނޑު މަގުން ދަތުރުކޮށްފަ އެވެ.
ޙައްޖަށް އަންނަ މީހުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަޢުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓް އިނިޝިއޭޓްގެ ފަސޭހަ 1,435,017 މީހުންނަށް ލިބުނު ކަަމަށް ވެސް ސަޢުދީ ސަރުކާރުން ބުނެ އެވެ.