ENGLISH
12 ސެޕްޓެމްބަރު 2025
ޓެކްސީ ލައިންގެ ވެހިކަލްތަކަށް ޚާއްސަ ބިމެއް ހަމަޖައްސައިފި
05 ޖޫން 2025
|
ޓެކްސީ ލައިނަށް ބިމެއް ހަމަޖެއްސުން -- ފޮޓޯ: ޓްރާސްޕޯޓް މިނިސްޓްރީ
ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ވަކި ސަރަޙައްދެއް ކަނޑައަޅައިފި އެވެ.
ޓެކްސީ ލައިންގެ ވެހިކަލްތަކަށް ޚާއްސަ ބިމެއް ހަމަޖެއްސީ ހުޅުމާލެ ތިންވަނަ ފިޔަވަހީންނެވެ.
އެ ސަރަޙައްދަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވާފަ އެވެ.
މި ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުގެ އަމާޒަކީ ޓެކްސީ ލައިންގައި 100 ޓެކްސީ ހިމެނުމެވެ. އެ ޚިދުމަތް ފޯރުކޮށްދޭނީ އެމްޓީސީސީންނެވެ.
މާލޭ ސަރަހައްދުގައި ފަށާ ސަރުކާރުގެ ޓެކްސީ ލައިނުގެ ސަބަބުން ރައްޔިތުން ބޭނުންވާ އަދި އެދޭ ގޮތަށް ޓެކްސީ ހިދުމަތް ކަށަވަރު ވާނެ އެވެ. އަދި މިހާރު އަމިއްލަ މީހުން ފޯރުކޮށްދޭ ޓެކްސީ ހިދުމަތަށް އެކަމުގެ ސަބަބުން އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގައިވެސް ސަރުކާރުން ބުނެ އެވެ.