ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ޢީދު ދުވަހު އެމްޓީސީސީ އިން ފެރީ އާއި ބަހުގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް

05 ޖޫން 2025

|

ޢަލީ ޝަހީމް

އާރުޓީއެލް ބަހެއް ހިދުމަތް ދެނީ. ޢީދު ދުވަހު ހިދުމަތް ދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފަ. ފޮޓޯ: ދިޔަރެސް

މާދަމާ ފާހަގަކުރާ މިއަހަރުގެ އަޟްހާ ޢީދުގެ ފުރަތަމަ ދުވަހާ ގުޅިގެން، އެމްޓީސީސީއިން ދޭ ފެރީ އާއި ބަހުގެ ހިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސް އާއްމުކޮށްފިއެވެ. 

މާލެ - ވިލިމާލެ ފެރީ ދަތުރުތައް 

  • ޢީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ - 06:30 
  • ޢީދު ނަމާދަށް ފަހު ފަށާ ފުރަތަމަ ފެރީ - 08:0

މާލެ - ހުޅުމާލެ ފެރީ ދަތުރުތައް

  • ހުޅުމާލެއިން މާލެއަށް ފުރަތަމަ ދަތުރު - 14:00
  • މާލެއިން ހުޅުމާލެއަށް ފުރަތަމަ ދަތުރު - 14:30 

މާލެ - ތިލަފުށި ފެރީ ދަތުރުތައް 

  • މާލެއިން ތިލަފުއްޓަށް ފުރަތަމަ ދަތުރު - 08:30 
  • ތިލަފުށިން މާލެއަށް ފުރަތަމަ ދަތުރު - 09:00

އެމްޓީސީއިން ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި ބަސް ދަތުރުތައް ޢީދު ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ފެށިގެން ކަމަށެވެ. އެހެންނަމަވެސް، ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޢީދު ނަމާދުގެ ކުރިން މާލެ އަދި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަތިހު ދަތުރުކުރާގޮތަށް ވަނީ ހަމަޖައްސައިފައެވެ. 

  • ވެލާނާ އިންޓަނޭޝަން އެއާޕޯޓަށް ބަސްދަތުރު ކުރާނީ ފަތިހު 5:30 އިން 6:00 އަށް
  • ޢީދު ނަމާދު ވަގުތާ ދިމާވާތީ ވިލިމާލެ ބަހުގެ ދަތުރުތައް 6:00 އިން 8:00 އަށް މެދުކަނޑާލާނެ

އެމްޓީސީސީއިން އިތުރަށް ބުނީ، އަޟްހާ ޢީދުގެ ފުރަތަމަ ދުވަހު އެ ކުންފުނިން އަތޮޅުތެރެއަށް ފޯރުކޮށްދެމުންދާ ސީއެފްއެން ލަކުޑި ފެރީ އާއި އާރުޓީއެލް ފެރީ ދަތުރުތައް ޝެޑިއުލްކުރެވިފައި ނުވާނެ ކަމަށެވެ. 

އެމްޓީސީސީ އިން 'އެކްސް' ގައި ކުރި ޕޯސްޓުގައި ބުނީ ޢީދު ދުވަހަށް ހާއްސަކޮށްގެން ފެރީތަކާއި ބަހުގެ ގަޑިތަކަށް ބަދަލު ގެނައުމުން، އެ ޝެޑިއުލަށް ބަލައިގެން ދަތުރުތައް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެދިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު