ENGLISH

06 ޖޫން 2025

Advertisement

ގައިދީއަކު ހިތް ހުއްޓިގެން ނިޔާވެއްޖެ

05 ޖޫން 2025

|

އަޙުމަދު ޙަމީދު

އައިޖީއެމްއެޗް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަ (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ މީހަކު މިރޭ ނިޔާވެއްޖެ އެވެ.

ނިޔާވީ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސްން (45އ) އެވެ. 

ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި މަސްތުވާތަކެތީ މައްސަލައެްގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޛުކުރަމުން ދިޔަ މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެކެވެ. މޫސާ ޙަސަން ނިޔާވެފައި ވަނީ މިރޭ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށް ވެސް ބުންޏެވެ.

މޫސާ ޙަސަން ނިޔާވުމާ ގުޅިގެން އެ ސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު