ENGLISH

06 ޖޫން 2025

Advertisement

ބިޒްވީކް 2025ގެ ބޭންކިންގ ޕާޓްނަރއަކަށް ބީއެމްއެލް

04 ޖޫން 2025

|

އަޙުމަދު ޙަމީދު

ބިޒްވީކް 2025ގެ ބޭންކިންގ ޕާޓްނަރއަކަށް ބީއެމްއެލް ހަމަޖެއްސުން -- ފޮޓޯ: ބީއެމްއެލް

ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކް ބޭންކިންގ ޕާޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މި ހިނގާ ޖޫން މަހުގެ 18 އަދި 19 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްވީކަކީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގޭ ނެޓްވޯކިންގ އިވެންޓެކެވެ. މިއީ ވިޔަފާރިތަކަށް އެއްތަނަކުން ކަސްޓަމަރުންނާއި ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދޭ މަންސައަކަށް ވެގެންދާނެ އެވެ.

މި އިވެންޓުގައި "ސީއީއޯ ސަމިޓް" ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ވިޔަފާރީގެ އިސްވެރިން އެއްތަނަކުން ބައްދަލުކޮށް، އިގްތިސާދީ ކުރިއެރުން ހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވިޔަފާރި މުޖުތަމަޢު ބާރުވެރިކުރުވައި، އިޤްތިސާދީ ތަރައްޤީ ގެނައުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

"ބިޒްވީކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި، އައު ގޮތްތައް ހޯދައި، ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ މުހިންމު މަންސައެއް. އަދި މިއީ ވިޔަފާރިވެރިންނާއި ޕްރޮފެޝަނަލުންނަށް ގުޅުން ބަދަހިކޮށް، އެއްބާރުލުން ދީ، ހިޔާލު ހިއްސާކުރުމަށް މަގުފަހިކޮށްދޭނެ މަންސައެއްވެސްމެ. މި އިވެންޓަކީ ބައިވެރިވާ ހުރިހާ ފަރާތްތަކަށްވެސް ފައިދާކުރާނެ އަދި ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ އިވެންޓަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން." 

ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ އެ ބޭންކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުން ވިޔަފާރިތަކަށް އެހީތެރިވަމުންނެވެ.

ލޯނުތަކާއި ފައިނޭންސިންގެ އިތުރުން، ބޭންކުން ހަލުވިކަމާއި ފަސޭހަކޮށް މުޢާމަލާތްތައް ކުރެވޭނެ ގޮތަށް 24 ގަޑިއިރު ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ދާދި ފަހުން ވަނީ ވިޔަފާރިތަކަށް ކޮންމެ ތަނަކުން ވެސް އެކައުންޓް ހުޅުވައި ޚިދުމަތްތައް ލިބޭނެ ފުރިހަމަ ޑިޖިޓަލް އޮންބޯޑިންގ ޕްރޮސެސްއެއް ތަޢާރަފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު