ENGLISH
06 ޖޫން 2025
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
04 ޖޫން 2025
|
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެއްސުން -- ފޮޓޯ: ބީއެމްއެލް
ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025ގެ ބޭންކިންގ ޕާޓްނަރ އަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ދޭނެ އެވެ.
ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސްގެ މަޤްސަދަކީ މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމެވެ. މިއަހަރު 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބި، 600،000 އަށްވުރެ ގިނަ ވޯޓު ލިބިފައިވުމަކީ މި އެވޯޑްސްއަށް ލިބެމުންދާ ތާއީދާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ހޮޓެލިއަރ މޯލްޑިވްސް އިން ބުނެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވި ގޮތުގައި ދާއިރާގެ ކާމިޔާބީ ފާހަގަ ކުރުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
"ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބައިވެރިންނަށް ވެފައިވާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ބޭއްވޭ ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025ގެ ޕާޓްނަރަކަށް ވެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. މި ދާއިރާއަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ އެންމެ މުހިންމު ތަނބުކަމުން، މި ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަކީ މުހިންމު ދާއިރާތަކަށް އެހީތެރިވެ، މުޖުތަމައު ބާރުވެރިކުރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއްވެސްމެ. މި ދާއިރާގެ މަސައްކަތްތެރީންގެ ކާމިޔާބީތައް ފާހަގަކުރުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް,"
ބީއެމްއެލްއިން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އަދި ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރެވޭކަމީ ބޭންކަށް ލިބޭ ފަޚުރެކެވެ.
ހޮޓެލިއާ މޯލްޑިވްސް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު ޚިދުމަތްތެރިންގެ އަޒުވަޒަންކުރުމުގެ ފުރުސަތު ލިބުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ބެންކުން ބުންޏެވެ.