ENGLISH

06 ޖޫން 2025

Advertisement

އިސްލާމްދީނުގެ އިމުން ބޭރުނުވެ ޢީދު ފާހަގަ ކުރަން އެލްޖީއޭއިން އިލްތިމާސް ކޮށްފި

04 ޖޫން 2025

|

އަޙުމަދު ޙަމީދު

ޢީދަށް މާލެ ޒީނަތްތެރިކޮށްފައި

އިސްލާމްދީނުގެ އިމުން ބޭރުނުވެ ޢީދު ފާހަގަ ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެލްޖީއޭ އިން ހުރިހާ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުއްވެވި ސިޓީއެއްގައި ބުނެފައި ވަނީ ޢީދު ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވާ ޢާލާކުރުމާއި ދިވެހި ސަޤާފަތާއި އާދަކާދަ ދިރިވުން ކަމަށެވެ.

އެހެން ކަމުން ކައުންސިލްތަކުން ޢީދު ފާހަގަކުރުުގައި އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ ތެރޭން ކަންކަން ކުރުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ދީނީ އެއްބައިވަންތަަކަން ޤާއިމު ކުރުމުގެ ޒިންމާގެ ތެރޭން ކުރަންވަން ޖެހޭ ކަމެއް ކަމަށެވެ.

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވާ ފޮނުއްވާފައިވާ އެ ސިޓީގައި ކައުންސިލުތަކުން ޢީދު ފާހަގަކުރުމަށް އިންތިޒާމު ކުރާ އެންމެހާ ހަރަކާތްތަކަކީ އިސްލާމްދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތަކެއްކަން ކަށަވަރު ކުރަން ވާނެ ކަމަށެވެ. އަދި ހަރަކާތްތައް ހިންގުމުގައި ޢާންމު ޢިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވާނެގެން ކަންކަން އިންތިޒާމު ކުރުމަށް އަންގާ ކަމަށެވެ.

"މި އަހަރުގެ އަޟުޙާ ޢީދު ފާހަަގަކުރުމަށް ކައުންސިލުތަކުން ހިންގަވާ ހަރަކާތްތަކަކީ އިސްލާމް ދީނުގެ އިމުން ބޭރުނުވެ އަދި މުޖްތަމަޢުގެ ޢާންމު ޢިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވެ ޢާންމު މަސްލަޙަތު ރައްކާތެރިކޮށް ހިންގޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށް ދަންނަވަމެވެ," އެލްޖީއޭގެ ސިޓީގައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު