ENGLISH
06 ޖޫން 2025
ގައިދީންގެ ފުޓުބޯޅަ މުބާރާތް ނިންމައިލުމުގެ މެޗުގައި ވަޒީރުން ބައިވެރިވެވަޑައިގެންފި
04 ޖޫން 2025
|
ގައިދީންނަށް ހާއްސަކޮށް ބޭއްވި ފުޓުބޯޅަ މުބާރާތުގެ ތެރެއިން، ފޮޓޯ: ކަރެކްޝަންސް
މާފުށީ ޖަލުގައި ގައިދީންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފުޓުބޯޅަ މުބާރާތް ނިންމައިލުމަށް އިންތިޒާމުކުރި މެޗުގައި ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނި ގޮތުގައި މި މުބާރާތަކީ ގައިދީން ދުޅަހެޔޮކަންމަތީ ބޭތިއްބުމަށާއި، ގައިދީން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކުޅިވަރު ބޭނުންކުރުމަށް ރާވައިގެން އެ އިދާރާއިން ކުރިއަށްގެންދާ ޕްރޮގުރާމުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ.
މި މުބާރާތުގެ ފައިނަލް މެޗަށްފަހު ވަޒީރުންގެ ޓީމާއި މުބާރާތުގެ ފެއާ ޕްލޭ ޓީމުގެ ގޮތުގައި ހޮވުނު ޓީމުގެ މެދުގައި މެޗެއް ކުޅެފައިވެއެވެ.
އެ މެޗުގައި ވަޒީރުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނަކީ:
ކަރެކްޝަނުން ބުނެފައިވަނީ މިއީ ގައިދީންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެއްގައި ވަޒީރުން ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރެވެ. އަދި މުބާރާތް ނިންމައިލުމަށްފަހު ގައިދީންނާއި ވަޒީރުން އެކުގައި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރެއްވި ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.