ENGLISH
06 ޖޫން 2025
މި އަހަރުގެ މިހާތަނަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް 596 މައްސަލަ ހުށަހަޅައިފި
04 ޖޫން 2025
|
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު
މި އަހަރުގެ މިހާތަނަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ތަހުގީގުކޮށްދިނުން އެދި 596 މައްސަލައެއް ހުށަހަޅާފަައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ.
އެމްއެމްޓީވީން އެދިގެން އެ އޮފީހުން މި ނޫހާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ 596 މައްސަލައިގެ ތެރެއިން 581 މައްސަލައަކީ ފުލުހުންގެ އިދާރާއިން އެ އޮފީހަށް ހުށަހެޅި މައްސަލައެވެ.
އަދި އެ އިދާރާގެ ހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ 5 މައްސަލައެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހަ މައްސަލައެއްގައި ދައުވާކޮށްދިނުން އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވެއެވެ.
ނިމުނު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި އަހަރު ޕީޖީ އޮފީހަށް ތަހުގީގު ނިންމުމަށްފަހު ދައުވާކުރުމަށް ހުށަހަޅާފއިވަނީ 890 މައްސަލައެވެ. އެއީ ފުލުހުންގެ ހިދުމަތުން ހުށަހެޅި 876 މައްސަލައާއި އޭސީސީން ހުށަހެޅި 9 މައްސަލައަކާއި ކަސްޓަމްސްއިން ހުށަހެޅި އެއް މައްސަލައާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ހުށަހެޅި 2 މައްސަލައަކާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހުށަހެޅި ދެ މައްސަލައެކެވެ.
މިދިޔަ އަހަރު ޕީޖީ އޮފީހުން އެންމެ ގިނަ ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައެވެ. އެ ކޯޓުގައި 957 މައްސަލައެއްގެ ދައުވާކުރިއިރު، ޑްރަގް ކޯޓުގައި 446 މައްސަލަ އަދި ޖުވެނައިލް ކޯޓުގައި 61 މައްސަލައެއްގެ ދައުވާ އުފުލާފައިވެއެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ނިމުނު އަހަރު ދައުވާކުރީ ފިރިހެނުންގެ މައްޗަށެވެ. ސްޕީރިއާ ކޯޓުތަކުގައި 1،464 މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު އެއިން 1،362 ދައުވާއަކީ ފިރިހެނުންގެ މައްޗަށް އުފުލި ދައުވާތަކެވެ. އަންހެނުންގެ މައްޗަށް އުފުލީ 102 ދައުވާއެވެ.