ENGLISH
06 ޖޫން 2025
ކަރަންޓް ބިލްތަކާ ގުޅޭ ޝަކުވާއެއް އޮތްނަމަ ހުށައަޅަން އެދިއްޖެ
04 ޖޫން 2025
|
ސްޓެލްކޯގެ ހެޑް އޮފީސް
ކަރަންޓް ބިލްތަކާ ގުޅޭ ޝަކުވާއެއް އޮތްނަމަ ހުށައަޅަން އެދިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ބިލާ ގުޅޭ މައުލޫމާތު ހޯދުމަށް ނުވަތަ ބިލްތަކާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ ހުށައަޅަން އެދޭ ކަމަށެވެ. އެ ގޮތުން ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން 1545 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
މީގެ އިތުރުން ސްޓެލްކޯ ކެއާގެ ޚިދުމަތް އޮންލައިންކޮށް ހޯދުމަށް ކިއުއާރު ކޯޑް ސްކޭމް ކުރުމަށް ވެސް އެދިފައިވެ އެވެ.
މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑު ކަމަށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް އެހެން ފެންނަ ސަބަބު ސްޓެލްކޯ އިން ވަނީ ސާފުކޮށްދީފަ އެވެ.
ސްޓެލްކޯ އިން ބުނީ އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށެވެ.
އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ ކަމަށް ބުންޏެވެ.
ރައީސް މުއިއްޒު ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ޢިއުލާނު ކުރައްވާފަ އެވެ.