ENGLISH
06 ޖޫން 2025
އަމާޒަކީ ދަނޑުވެރިންނަށް ފަންނީ ތަމްރީނާއި އެހީ ދިނުން: ވަޒީރު
04 ޖޫން 2025
|
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ
އެންމެ ބޮޑު އެއް އަމާޒަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެންވިދާޅުވީ އާބަން ފާމިންގ ގެ ދެވަނަ މަޝްރޫއު ފެށުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މާލެ ފަދަ، ޖާގައިގެ ދަތިކަންހުރި ތަންތަނުގައިވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި މީހުން އުޅޭ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެކަން ކުރަނީ އެ މީހުންގެ ހިތްހަމަޖެހުމަކަށް ކަމަށާ އަނެއްބަޔަކު ނަފާ ހޯދުމަށް ވެސް ގަސް ހައްދާ ކަމަށެވެ. މިފަދަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ މައުލޫމާތު ނެތުމުގެ އިތުރުން، މާކެޓް ކުރެވޭނެ މަގުތައް ފަހިވެފައިނެތުން ަކމަށް އެކަމަނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި ފަރާތްތަކަށް އެހީތެރިވުމަށް، ވިއްކުމުގެ ސްޓްރެޓެޖީތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، އަދި އެ ފަރާތްތަކަށް ގަންނަ ފަރާތްތަކާ ހަމައަށް ވާސިލުވުމަށް އެހީތެރިވެދޭނެ ޚާއްޞަ ޕްލެޓްފޯމެއް އުފެއްދުމަށް," ވަޒީރު މާރިޔާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ލިބެންހުރި ޖާގަތައް އުފެއްދުންތެރިކަމާއެކު އަދި މައުނަވީ ގޮތެއްގައި ބޭނުންކޮށްފައިވާ ގޮތް ފެނުމަކީ ހިތްވަރު ލިބޭ ކަމެކެވެ. މި މަޝްރޫޢުގެ ސަބަބުން އެ ފަރާތްތަކުގެ އަމިއްލަ ދިރިއުޅުމަށް އެހީތެރިވުމުގެ އިތުރުން، ރަށުތެރޭގައި އުފައްދާ ތަކެތި އިޝްތިހާރުކޮަށް މާކެޓް ހޯދި، ދެމެހެއްޓެނިވި ގޮތެއްގައި ޝަހަރީ ދިރިއުޅުން ކުރިއެރުވުމަށްވެސް އެހީތެރިވެދޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.