ENGLISH

06 ޖޫން 2025

Advertisement

ވެރިކަމަށް ކުރިމަތިލެއްވުމާމެދު ނަޝީދު ހިޔާލު ހޯއްދަވަނީ

04 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު

ވެރިކަމަަށް ކުރިމަތިލެއްވުމާމެދު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިޔާލު ހޯއްދަވަަން ފައްޓަވައިފިއެވެ. 

މިއަދު ރައީސް ނަޝީދު އެމްޑީޕީގެ އިސްވެރިންނަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ހިއްސާކުރައްވައި، އެ ބޭފުޅުންގެ ހިޔާލު ހޯއްދަވަން އެދިވަޑައިގެންފައެވެ. 

"އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ؟ ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ،" ކަމުގައި އެމަނިކުފާނު އެމްޑީޕީގެ އިސްވެރިންނަށް ފޮނުއްވި މެސެޖުގައި ލިޔުއްވިއެވެ. 

ރައީސް ނަޝީދަކީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑާޝިޕުގައި މުހިއްމު ދައުރެއް އަދާކުރެއްވި، އެ ޕާޓީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ދެމިހުންނެވި ބޭފުޅެކެވެ. އެ ޕާޓީގެ ފަރާތުން ގިނަ ޕާޓީ ވާދަކުރި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ވެރިކަން ކާމިޔާބުކުރެއްވި ނަޝީދަށް ވެރިކަން ކުރެއްވުނީ 3 އަހަރެވެ. 

ނަމަވެސް ނިމުނު ދައުރުގައި އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން، އެ ޕާޓީ ދޫކުރައްވައި ނުކުމެވަޑައިގެން ރައީސް ނަޝީދުވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވާފައެވެ. 

އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ނަޝީދު ފާޅުކުރެއްވިއިރު އެމަނިކުފާނުވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފާއިތުވި އޭޕްރީލު މަހުގައި ވިދާޅުވެފައެވެ. 

ނަޝީދު ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއިރު އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އިންތިހާއަށް އުފެދިފައިވާ ކަމުގެ އަޑުތައް ގަދަވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު