ENGLISH

03 ޖުލައި 2025

Advertisement

ފަޅު ރަށެއް ކައިރިއަށް މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

04 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ލ.ގަން

ލ.ގަމު ކައިރީގައި އޮންނަ "މަހަކަންފުށި" ނަމަކަށް ކިޔާ ފަޅު ރަށް ކައިރިން މަސް ހިފަން ފައިބާ އުޅުނު ފިރިހެނަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައިވަނިކޮށް ފެނިއްޖެއެވެ. 

ފުލުހުންގެ ހިދުމަތުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި ލ.ގަން ކައިރީ އޮންނަ ފުޅުރަށެއް ކަމުގައިވާ މަހަކަންފުށި ކައިރިން މަސް ހިފަން ފައިބައި އުޅުނު މީހަކު ގެއްލުނުކަން އެ ހިދުމަތަަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:50 ހާއިރުއެވެ. 

ގަމު ކައުންސިލުން ބުނި ގޮތުގައި ގެއްލުނު މީހަކީ އެ ރަށު ފެސްފަރީ، ލ.ގަން އަބްދުއްސަމަދު މުހައްމަދު އެވެ. އޭނާ މަހަކަންފުއްޓަށް ދިޔައީ ބަޔަކާއެކު އެރަށު ކައިރިން ދާ ޖަހައިގެން މަސް ހިފުމަށް ކަމުގައިވެސް ގަމު ކައުންސިލުން ފޭސްބުކުގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ. 

ދާ އަޅައިގެން މަސް ހިފަން އުޅެނިކޮށް ގެއްލުނު މީހާ ހޯދަަމުން ދަނިކޮށް މަރުވެފައިވަނިކޮށް އޭނާ ފެނިފައިވާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. 

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަަށް ވިއްސާރަ ދުވަސްވަރެކެވެ. މޫސުން ގޯސް ދުވަސްވަރު މޫދަށް އެރިގެން އުޅޭ މީހުންނަށް ބައެއް ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގާކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު