ENGLISH
03 ޖުލައި 2025
ބިދޭސީއަކަށް ހަމަލާދިން މައްސަލައެއްގައި 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
04 ޖޫން 2025
|
ފޮޓޯ: މިހާރު
ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން އުމުރުން 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޕާކުގައި ހިނގި މި މާރާމާރީގައި ބިދޭސީ މީހަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. އެ ހާދިސާގައި އަނިޔާވީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނަކަށް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު މީޑިޔާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
އިތުރު ތަފުސީލު ހާމަކުރުމަކާނުލައި ފުލުހުން ބުނެފައިވަނީ މި މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.