ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ދިވެހި ހާޖީން ހެޔޮހާލުގައި މިނާއަށް ވާސިލްވެއްޖެ

04 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ދިވެހި ހުރިހާ ހާޖީން  ހެޔޮހާލުގައި ރައްކާތެރިކަމާއެކު މިނާއަށް ވަސީލުވެއްޖެކަމަށް މިނިސްޓަރް އޮފް އިސްލާމިކް އެފެއަރސް ޑރ ޝަހީމް އަލީ ސައީދް ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިޔާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓުގައި މިނިސްޓަރް ވިދާޅުވީ، ރާއްޖެއިން ދިޔަ 1000 ހައްޖުވެރިން މިނާއަށް ވާސިލުވެފައިވާ ކަމަަށެވެ. އަދި މިނިސްޓަރްވަނީ މި ހުރިހާ ހާޖީންގެ ހާލު ރަނގަޅުކަމަށްވެސް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މިނިސްޓަރވަނީ މިރޭގެ ވަގުތެއްގައި އަރަފާތަށްދާން ހައްޖުވެރިން ފުރާނެ ކަންވެސް ފާހަގަކުރައްވާފައެވެ.

މިއާއެކު މޯލްޑިވްސް ހަޖް މިޝަންއިން އެކްސްގަ ކުރި ޕޯސްޓަށް ބަލާއިރު ހާޖީންނަށް ފަސޭހަވާނެ ގޮތަށް ހުރިހާ އިންތިޒާމުތައް މިނާގައި  ހަމަޖައްސާފައިވެއެވެ. 

އެގޮތުން އަންހެނުންނާ ފިރިހެނުންނަށް ވަކިން ފޭލިގެ ހަމަޖައްސާ، ކޮންމެ މީހެއް އަރާމްކުރަން ހަމަޖެހިފައިވާ އެންދު ނޫނީ ގޮންޑީގައި އެމީހަކަށް ފަސޭހަވާނެހެން ނަންވެސް ޖަހާފައި ހުއްޓެވެ.

އަދި ކާބޯތަކެތީގެ އިންތިޒާމުވެސް ވަރަށް ފުރިހަމަޔަށް ހަމަޖައްސާފައިވާކަންވެސް ފާހަގަކުރެވުނެވެ.

މީގެއިތުރުން އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެ ފޭލިގެތަކުގައި ތިބޭނީ ހަމައެކަނި ދިވެހި ހާޖީން އެކަނިކަން ހައްޖު މިޝަނުން ފާހަގަކުރިއެވެ. އަދި ފާހަނަތަކަކީވެސް ދިވެހިންނަށް އެކަނި ހާއްސަ ފާހާނަތަކެއް ކަމުގައި ފާހަގަކޮށްފައިވެއެވެ. 

މިނާގައި ޙައްޖާޖީން މިއަދު މަޑުކުރުމަށްފަހު، މިރޭ ދަތުރުފެށުމަށް ހަމަޖެހިފައިވަނީ އަރަފާތަށެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަލުން އަނބުރާ މިނާއަށް ދާނެއެވެ. އެހެންކަމުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުގައިވެސް ޙާޖީން މަޑުކުރާނީ މިނާގައެވެ.


ކިޔުންތެރިންގެ ހިޔާލު