ENGLISH

04 ޖުލައި 2025

Advertisement

މާފަރުގައި މެޓް އޮފީހެއް ގާއިމްކުރަނީ

04 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ނ. މާފަރުގައި މެޓް އޮފީހެއް ގާއިމްކުރަން ނިންމައިފިކަން ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން  ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ސަބަބުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މޫސުން ބެލުމާއި ލަފާކުރުމުގެ ޤާބިލުކަން ވަރަށް ބޮޑަށް އިތުރުވެ، ޖީބީއޯއެންގެ މިންގަނޑުތަކަށް ފެތޭވަރަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނެކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

މީގެއިތުރުން، މެޓް އޮފީހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން ހިންގާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

4 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި މަޝްރޫޢުގެ ދަށުން، ރާއްޖޭގައި މިހާރު ގާއިމުކުރެވިފައިވާ 4 މެޓް އޮފީހުގައި ބެހެއްޓިފައިވާ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ.

ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް މިހާރު ހުންނަނީ ހުޅުލެ އާއި ހދ. ހަނިމާދު އާއި ލ. ކައްދޫ އާއި ގދ. ކާޑެއްދު އަދި  ސ.ގަމުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި ދިޔަވަރު ބެލުމަށް ހަނިމާދު އާއި ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ހުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު