ENGLISH
05 ޖޫން 2025
"އުރީދޫ ފަން ރަން 2025 – އައްޑޫ ސިޓީ" މި މަހު 27 ގައި ފަށަނީ، ރަޖިސްޓްރީވާން ހުޅުވާލައިފި
03 ޖޫން 2025
|
މީގެކުރީން ބޭއްވީ "އުރީދޫ ފަން ރަން 2024" ގެ ތެރެއިން. ފޮޓޯ: އުރީދޫ މޯލްޑިވްސް
ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ދުވުން ކަމަށްވާ، "އުރީދޫ ފަން ރަން 2025" އައްޑޫ ސިޓީގައި މި ފަހަރު ބާއްވާ އިރު އެ ދުވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފައިވާކަން އުރީދޫ މޯލްޑިވްސް އިން އިޢުލާންކޮށްފިއެވެ.
މިފަހަރުގެ އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގަ އެވެ.
އުރީދޫން ބުނީ، މި ދުވުމުގައި ބައިވެރިވުމުގެ މުއްދަތު ޖޫން މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި، ޖާގަތައް ފުރުމުގެ ކުރިން، ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަށް މޫލީ މެދުވެރިކޮށް ރަޖިސްޓްރީވުމަށް އުރީދޫން ވަނީ އެދިފައެވެ.
މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
މީގެކުރީން ބޭއްވީ "އުރީދޫ ފަން ރަން 2024" ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: އުރީދޫ މޯލްޑިވްސް
އެގޮތުން، އުރީދޫން ކަނޑައަޅާފައިވާ ފުރަތަމަ އޮޕްޝަނުގެ ތެރެއިން ފަން ރަން ޓީޝާޓާއި އެކު ރިސްޓްބޭންޑެއް ހިމެނޭ ގޮތަށް 110 ރުފިޔާއަށް ސްޓޭންޑަޑް ކިޓެއް ލިބޭނެ އެވެ.
ދެވަނަ އޮޕްޝަނެއްގެ ގޮތުން، ފަން ކިޓްގެ ނަމުގައި 210 ރުފިޔާ އަށް ފަން ރަން ޓީޝާޓަކާއި، ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ލިބޭނެ އެވެ.
އުރީދޫން ބުނީ، ތަފާތު ގިނަ ހަރަކާތްތަކާއެކު ފަސް ކިލޯ މީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށެވެ.
މީގެކުރީން ބޭއްވީ "އުރީދޫ ފަން ރަން 2024" ގެ ތެރެއިން. ފޮޓޯ: އުރީދޫ މޯލްޑިވްސް
އުރީދޫ ފަން ރަން ކުރިއަށްދާގޮތަށް ބަލާއިރު، ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫން ބުނެއެވެ.
ކޮންމެ އަހަރަކު އެއްފަހަރު އުރީދޫ އިން ބައްވަމުން އަންނަ އުރީދޫ ފަން ރަން އަކީ އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 6،500 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.